އިޒްރޭލް މީހުން ރާއްޖެ އައުން މަނާކުރުމާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބިލްގެ ބަހުސްގައި ގާސިމް ވިދާޅުވީ، ފަލްސްތީނު ބިމަކީ އުމްރާ އަށް ދާ ތިން މިސްކިތުގެ ތެރެއިން އެއް މިސްކިތް ހުންނަ ބިން ކަމަށެވެ. އެހެންކަމުން ޔަހޫދީންނަށް ރާއްޖެ އަށް ނާދެވޭ ގޮތް ހެދުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު އިޒްރޭލްގެ ނެޝަނަލްޓީ އޮތް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމާލާ އިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭގޮތަށް ނިންމާ ވާހަކަ. ކުރުގޮތެއްގައި ބުނާ ކަމަށްވަންޏާ، އެހެންވީމަ އެއީ ﷲ ބާވައިލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވެފައި ތިބި ބަޔަކަށްވާ އިރު، އަޅުގަނޑުމެންނަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތާ މެދު ވަރަށް ފުންކޮށް އެ ނަޒަރިއްޔާތުން ވިންނަން ޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.
ނަމަވެސް އެއީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ލިބެމުންދާ ނިޔާވެރި ނިކަމެތިކަން ހިތްތަކަށް ނުގެންނާތީކީ ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ހަމައެހެންމެ އިސްރޭލްގެ ރައްޔިތުންނަށް ނުވާ އިސްރޭލް ޕާސްޕޯޓެއް ގެންގުޅޭ ނުވަތަ ޔަހޫދީއަކު ރާއްޖެ އައުން މަނާ ކުރުމުގައި ކަންތައްތައް ކުރިއަށް ނެރެ އެކަން ކުރާކަށެއް ވެސް ނޫން އަދި ނުކުރާ ކަށެއް ވެސް ނޫން. އެހެން ނަމަވެސް މިކަމާމެދުގައި ވަރަށް ރަނގަޅަށް ދިރާސާކޮށް ވަރަށް ރަނގަޅަށް ވިސްނުންތެރިކަމާއެކު ނޫނިއްޔާ ފިޔަވަޅު އެޅޭކަށެއް ނެތް،"
ގާސިމް ވިދާޅުވީ އެތައް ބައިވަރު އިސްލާމީ ގައުމެއް އޮތް އިރު މިފަދަ ފިޔަވަޅެއް އަޅަން އެ ތަނެއްގެ ޕާލަމެންޓަށް އެކަން ފުރަތަމަ ހުށަހަޅައި ބަހުސްކުރާ މަޖިލީހަކަށް މި މަޖިލިސް ވާނެ ކަމަށެވެ.
މިއަދުގެ ސަރުކާރުގެ ވިސްނުން ފުޅު އޮތްގޮތާ މެދު އެއްޗެއް ވިދާޅުވަން ބޭނުން ނޫންކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށް ހޮވިގެން އައިސް ތިއްބެވި މަޖިލިސް މެންބަރުން އެކަމާ މެދު ނިންމަވާ ނިންމެވުން ވާން ވާނީ ރާއްޖޭގެ މުސްތަގުބަލަށާއި ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން ނިންމާ ނިންމެވުމަކަށް ކަމަށެވެ.
ނަމަވެސް މި ބިލަކީ ސިޔާސީ ގޮތުން މިހާރު އޮތް ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމަށްޓަކައި ހުށަހަޅާފައވާ މައްސަލައެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު