ޔޫކްރޭނުގެ ސަރުކާރު ހުރިހާ އޮފީސްތަކުގައި އޭސީ ނުޖެއްސުމަށް އަންގައިފިއެވެ.
ޔޫކްރޭނުގެ ސަރުކާރުން ވަނީ ހުކުރު ދުވަހުން ފެށިގެން އެގައުމުގެ ހުރިހާ މިނިސްޓްރީތަކާއި ސަރުކަރުގެ އިދާރާތަކުގައި އޭސީގެ އިތުރުން އިމާރާތްތަކުގެ ބޭރުގެ ލައިޓުތައް ބޭނުންކުރުން ހުއްޓާލުމަށް އަންގައިފައެވެ.
ޔޫކްރޭންގެ ބޮޑުވަޒީރު ޑެނީސް ޝްމީހަލް ވަނީ ކަރަންޓު ބޭނުންކުރާ ނިސްބަތް މަދުކޮށް ވީހާވެސް ބޮޑަށް ކަރަންޓު އިގުތިސޯދު ކުރުމަށް އާންމުންގެ އަރިހުންވެސް އެދިވަޑައިގެންފައެވެ.
ރަޝިޔާ އާއި ޔޫކްރޭނު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއިން ޔޫކްރޭނުގެ ކަރަންޓު އުފައްދާ ފެކްޓްރީ އަކަށް ހަމަލާ ދީފައިވާ ކަމަށް ޔޫކްރޭނުން ބުނެއެވެ.
ޔޫކްރޭނުން ވަނީ ހަމަލާގެ ސަބަބުން ކަރަންޓު އުފައްދާ ނިސްބަތް މަދުކުރުމަށް މަޖުބޫރުވެފައިވާކަން ފާހަގަކޮށްފައެވެ.
ފާއިތުވެދިޔަ ދެ މަސް ދުވަހު ދެ ގައުމު ދެމެދު ދީފައިވާ ހަމަލާތަކުގައި ޔޫކްރޭނުގެ ކަރަންޓު އުފައްދާ ގިނަ ޕްލާންޓުތަކަކަށް ގެއްލުން ވެފައިވާ އިރު، މިހާތަނަށް ނުވަ ގިގަ ވޮޓުގެ ކަރަންޓު އުފައްދާ ނިޒާމު ހަލާކުކޮށްލާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ