ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް ދަފްތަރު ނަންބަރު، ރސ 9472، ފާތިމަތު ހަބީބާ މިއަދު އައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސީއެސްސީގެ މެންބަރުކަމުގެ ހުވާ ފާތިމަތު ހަބީބާއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަގާމުގެ ފަތްކޮޅު ފާތިމަތު އިބްރާހިމްއަށް އަރުއްވައިފައެވެ.
ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަބީބާ ސީއެސްސީގެ މެންބަރުކަމަށް އައްޔަނު ކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު މިދިޔަ ޑިސެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު