ލެސްޓާ ސިޓީއަށް ދެވަނަ ޑިވިޝަނުގެ ތަށި ހޯދައިދީ، އެޓީމު ޕްރިމިއާ ލީގަށް ގެންގޮސްދިން ކޯޗު، އެންޒޯ މަރެސްކާ ޗެލްސީ ކޯޗުކަމާ ރަސްމީކޮށް ހަވާލުވެއްޖެއެވެ.
ކުރިން މެންޗެސްޓާ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާގެ އެސިސްޓެންޓަކަށް މަސައްކަތް ކުރި އުމުރުން 44 އަހަރުގެ އިޓަލީ ކޯޗު މަރެސްކާ، ލެސްޓާއާ ގުޅުނީ 2023 ވަނަ އަހަރުއެވެ. ފުރަތަމަ ސީޒަނުގައި ލެސްޓާއާ އެކު އޭނާ ވަނީ އިނގިރޭސި ދެވަނަ ޑިވިޝަން ހޯދައިފައެވެ. އެ ކާމިޔާބީއާ އެކު ޗެލްސީން މަރެސްކާ ހޯދަން މަސައްކަތް ކޮށް، އެކަން ވަނީ ކާމިޔާބުވެސް ކޮށްފައެވެ. ޗެލްސީން އިއްޔެ ވަނީ ރަސްމީކޮށް މަރެސްކާ އިއުލާނު ކޮށްފައެވެ.
"ޗެލްސީއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޓީމު. އެޓީމަށް ކޯޗުކަން ކޮށްދިނުމަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނަކަށް ވާނެ. އަހަރެން މި އުންމީދު ކުރަނީ ޗެލްސީގައި އޮތް ޒުވާން ހުނަރުވެރި ސްކޮޑާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަން،" މަރެސްކާ ޗެލްސީއާ ހަވާލުވުމަށްފަހު ބުންޏެވެ.
ޗެލްސީގެ ކޯޗުކަމަކީ މި ފަހަކަށް އައިސް އެންމެ ޕްރެޝަރު ބޮޑު އެއް ވަޒީފާއެވެ. މިދިޔަ ފަސް އަހަރު ތެރޭގައި އެޓީމަށް ހަ ކޯޗުން ހަމަޖައްސާފައިވާ އިރު، އޭގެ ތެރެއިން ހަތަރު ކޯޗަކު ބަދަލުކުރީ މިހާރުގެ ވެރިން ޓޮޑް ބޮލީގެ ޗެއާމަން ކަމުގައެވެ. އެންމެފަހުން މިދިޔަ ސީޒަނުގައި ހުރި މައުރީޝިއޯ ޕޮޗެޓީނޯ، ޗެލްސީއާ އެކު ކުރިންއެރުންތައް ހޯދި ނަމަވެސް އޭނާ ސީޒަނަށްފަހު ޗެލްސީ ދޫކޮށްލީ ދެފަރާތް އެއްބަސްވެގެންނެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ