މާލެ އަތޮޅު ފަޅެއް ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކުރަން 12 ރަށާއި ފަސް ފަޅު ކުއްޔަށް ދޭން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު" ގެ ދަށުން ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ބައެއް ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ނިންމައި، ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށެވެ.
ޕްރޮޕޯޒަލް ހުށަހެޅުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމު www.tourism.gov.mv ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
- ހދ. ވައިކަރަމުރައިދޫ: 15 ހެކްޓަރުގެ ބިން - 1.9 މިލިއަން ޑޮލަރު
- ށ. ކުޑަޅައިމެންދޫ: 13.11 ހެކްޓަރުގެ ބިން - 2 މިިލިއަން ޑޮލަރު
- ރ. ދިއްކުރެއްދޫ: 4.83 ހެކްޓަރުގެ ބިން - 2.6 މިިލިއަން ޑޮލަރު
- ޅ. ދިއްފުށި (ޅ. މައިދޫއާ އެކު): 15.17+20.99 ހެކްޓަރު - 18.6 މިލިއަން ޑޮލަރު
- ޅ. ވިހަފަރުފިނޮޅު: 0.28 ހެކްޓަރު - 640،000 ޑޮލަރު
- ކ. ހިއްމިއްޔާ ފަޅު: 712 ހެކްޓަރު - 23.5 މިލިއަން ޑޮލަރު
- އއ. އަލިކޮއިރަށް: 1.47 ހެކްޓަރު - 1.3 މިލިއަން ޑޮލަރު
- ތ. ގާލީ (އެ އަތޮޅުގެ އެހެން ރަށަކާ އެކު): 6.96 އާއި 0.20 ހެކްޓަރު - 2 މިލިއަން ޑޮލަރު
- ތ. ރުއްތިބިރަށް : 8.41 ހެކްޓަރު - 2.4 މިލިއަން ޑޮލަރު
- ތ. ކަނިމީދޫ: 10 ހެކްޓަރު - 2.8 މިލިއަން ޑޮލަރު
- ލ. ކަށިދޫ: 3.11 ހެކްޓަރު - 466،500 ޑޮލަރު
- ލ. ބޮޑުމުންޏަފުށި: 3.14 ހެކްޓަރު - 471،000 ޑޮލަރު
- ލ. ހަންހުށި: 2.81 ހެކްޓަރު - 421،500 ޑޮލަރު
- ގއ. ބޭރުމައުޑޫ: 3.08 ހެކްޓަރު - 385،000 ޑޮލަރު
- ގދ. ކަޅެހުއްޓާ: 7.61 ހެކްޓަރު - 951،250 ޑޮލަރު
- ކ. އަތޮޅުގެ ފަޅެއް: 45 ހެކްޓަރު - 11 މިލިއަން ޑޮލަރު
- ވ. އަތޮޅުގެ ފަޅެއް: 0.62 ހެކްޓަރު - 729،000 ޑޮލަރު
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި