ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުވުމާއި ގުޅިގެން ހުސްވެފައިވާ ކައުންސިލް ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން މަޖިލިސް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯއްދެވުމާ ގުޅިގެން، ބައި އިލެކްޝަން ބާއްވަން ޖެހިގައިވާ ކައުންސިލްތަކަކީ:

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ

މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާ

ކުޅުދުއްފުށި ސިޓީގެ އުތުރު ކައުންސިލް މެންބަރު

ޅ. އަތޮޅު ކައުންސިލްގެ ރައީސް

ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު

އެމްޑީޕީން މިއަދު ބުނީ އެ ދާރީތަކަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން، ކަމާބެހޭ ގޫގުލް ފޯމް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުމަށް އެދޭ ކަމަށެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމަށްފަހު ޝައުގުވެރިކަން ފާޅުކުރާ ފޯމާއެކު އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ 2:00ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށްވެސް ބުންޏެވެ.