ފްރާންސުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތު އަވަހާރަވެއްޖެއެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ސަފީރު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ.

ޒަމީރު ވިދާޅުވީ ފްރާންސުގެ ސަފީރަކީ ރާއްޖޭގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި ސަފީރުގެ ހަދާންތައް އާކުރާނީ، ފްރާންސާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރަން އޭނާ ކުރެއްވި މަސައްކަތްތަކާ އެކު ކަމަށެވެ.

ޖޯން-ފްރަންސުއާ ޕަކްތެތުއަކީ ރާއްޖޭގެ އިތުރުން ސްރީ ލަންކާއަށް ވެސް ކަނޑައަޅުއްވާފައި ހުންނަ ސަފީރެވެ.

އޭނާ ސަފީރު ކަމުގެ ފަތްކޮޅު، އަރުވާފައިވަނީ 2023 ފެބްރުއަރީ 19 ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.