ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންޓިގާ ބާބުޑާއަށް ވަޑައިގެންފިއެވެ.
ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެންޓިގާ ބާބުޑާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ރައީސް އޮފީހުން ބުނީ މި މަހުގެ 27ގައި ބާއްވާ އެ ސަމިޓްގެ ޕްލީނަރީ ސެޝަންގައި ރައީސް، ރާއްޖޭގެ ގައުމީ ބަޔާން އިއްވާނެ ކަމަށެވެ. އަދި ސިޑްސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރު ގައުމުތަކުގެ ވަފުދުތަކުގެ މަތީފަންތީގެ ބައެއް ބޭފުޅުންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ބުންޏެވެ.
ރައީސް މުއިއްޒަކީ އދ. އިން އިންތިޒާމު ކުރާ މި ކޮންފަރެންސްގެ ނައިބު ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މި ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގުގެ ކޯ ޗެއާއެވެ.
ސިޑްސްގެ މި ކޮންފަރެންސަކީ ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ ކޮންފަރެންސެކެވެ. ހަތަރު ވަނަ ސިޑްސްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޕްރޮގްރާމް ފޯ އެކްޝަން އެޑޮޕްޓް ކުރުން ނުވަތަ ސިޑްސްގެ ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށްގެންދާނެ ގޮތެއް އެކަށައެޅުމެވެ.
ސިޑްސް ހަތަރެއްގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ. މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު އަދި ކުދި ގައުމުތަކަށް ފާގަތިކަމާއި ވިލުންތެރިކަން ހާސިލުކުރުމަށް މަގުކޮށައިދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު