އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތަށް ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިދީފިއެވެ.

ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބުނެފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ނ، ރ، ބ އަދި ޅ. އަތޮޅުގައި ހިމެނޭ ރަށެއްގައި ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ކަމަށްވެސް ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް ކޯޓުން ޖަހައިދީފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އަދި އެ މީހާ ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރި 29 އަހަރުގެ މީހާގެ ބަންދަށް 12 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.