ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް މިއަދު 12:35 ހާއިރު ފުލުހަށް ރިޕޯޓު ކުރުމުން، އެމީހާ ނަގައިގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ.
އައިޖީއެމްއެޗުން "ވަން" އަށް ބުނީ އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށާއި އެއީ އަންހެނެއް ކަމަށެވެ.
"އެއީ ދިވެއްސެއް ކަމެއް ބިދޭސީއެއް ކަމެއް ދަންނަވަން ދަތި. އުމުރުވެސް ދަންނަވަން އަދި ދަތި،" އައިޖީއެމްއެޗުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު