ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދިޔަ މީހަކު ކަނޑުމަތިން ނަގައި ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް މިއަދު 12:35 ހާއިރު ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ކަނޑު މަތިން ނެގި މީހާއަކީ ކާކު ކަމެއް އަދި އެމީހާގެ ހާލަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކޮށް ބުނީ ފުލުހުން އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު