ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާ ޕާސަންކަމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވައިފިއެވެ.
ޒަރީރު ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް އައްޔަނު ކޮށްފައިވަނީ މި އަހަރުގެ މާޗް 25 ގައެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 13 ގައެވެ. ޒަރީރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހޮވުމަށް ފެންނަ ކަމަށް 41 މެންބަރުން ވޯޓު ދެއްވިއެވެ.
ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބޭންކުގެ ހިންގާ ގަވައިދުގައިވާ ގޮތުން ބޭންކުގެ ބޯޑު އެކުލެވިގެން ވަނީ ސަރުކާރުން އައްޔަންކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން މެންބަރުންނާ އެކު ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ.
ޒަމީރު އިސްތިއުފާ ދެއްވުމުން، ބޭންކުގެ ބޯޑުގައި ތިއްބެވީ ޖުމްލަ ނުވަ ޑައިރެކްޓަރުން ކަމަށެވެ. އެއީ ސަރުކާރުން އައްޔަން ކުރައްވާ ދެ މެންބަރުންގެ މަގާމު ހުސްވުމާ ގުޅިގެންނެވެ.
ބޭންކުގެ އަމާޒަކީ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް އަންނަ ޖުލައި މަހު ތެރޭގައި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު