ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިރާގުން މިއަދު ބުނީ "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މުޖުތަމައުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
"ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގެ ދަށުން މަމަސް އެއިޑުގެ ކެއާ ލިސްޓުގައި ތިބި އާއިލާތަކުގެ ތެރެއިން ދިރާސީ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރު ކުރުމަށް ދަތިތަކެއް ދިމާވެފައިވާ އާއިލާތަކުގެ ކުދިންނަށް ބޫޓާއި އިސްޓާކީނު، ދަބަސް، ޔުނިފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ އެހީތެރިކަމާއެކު "ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގައި މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ ޕްރީ ސްކޫލް ލެވެލް ދަރިވަރުންނަށް އެ ތަކެތި ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.
"ބެކް ޓު ސްކޫލް 2024" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު، މުޖުތަމައުގައި އެހީއަށް ބޭނުންވަފައި ތިބި އާއިލާތަކުގެ ތެރެއިން، ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. އެ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މީހުންވެސް ހިމެނެއެވެ.
މަމްސް އެންޖީއޯ އަކީ މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު