ހުޅުމާލޭގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހަވީރު ހުޅުމާލެ ލަންސިމޫ މަގުގައި ހިންގި ކަމަށް ރިޕޯޓް ލިބުނު އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
އެ ހަމަލާގައި އަނިޔާވީ މީހާގެ އަތަށް ކަމަށާއި ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ބިދޭސީ މީހާ ހައްޔަރުކޮށް، އެ މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު