ތޫނު އެއްޗެއް ބޭނުންކޮށްގެން ދެ ފުލުހަކަށް ބިރު ދެއްކި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ 10:00 ހާއިރު ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނުން ހައްޔަރުކުރި ކަމަށެވެ. އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރުކުރި ގޮތާ މެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް އިން އެކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު