މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި ޓެކްސީ ކުރެވޭނެ އަގުތައް އަލުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ހަތް ސީޓާއި 10 ސީޓާ ދެމެދުގެ ވެހިކަލްތަކަށް ޓެކްސީ ކުރުމުގެ އަގުތައް ކަނޑައަޅައި، ޑޮމެސްޓިކް ޓާމިނަލަށް ކުރާ ދަތުރުތަކުން އެއާޕޯޓަށް ކަނޑައަޅާފައިވާ އަގުގެ އިތުރަށް ދިހަ ރުފިޔާ ޗާޖު ކުރެވޭނެ ކަމަށެވެ. އަދި ބުނީ ޓެކްސީއަށް އަރުވާ ލަގެޖުގެ ތެރެއިން ތިން ލަގެޖަށްވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް ފަސް ރުފިޔާ ނެގޭނެ ކަމަށެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން އާ އަގުތަކަށް އަމަލުކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

  • މާލެއިން ހުޅުމާލެ 1 އަށް 85 ރުފިޔާ
  • މާލެއިން ހުޅުމާލެ 2 އަށް 100 ރުފިޔާ
  • މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70 ރުފިޔާ
  • ހުޅުމާލެ 1 އިން މާލެއަށް 85 ރުފިޔާ
  • ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް 40 ރުފިޔާ
  • ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 80 ރުފިޔާ
  • ހުޅުމާލެ 2 އިން މާލެއަށް 100 ރުފިޔާ
  • ހުޅުމާލެ 2 އިން ހުޅުމާލެ 1 އަށް 40 ރުފިޔާ
  • ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 85 ރުފިޔާ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް 70 ރުފިޔާ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 80 ރުފިޔާ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 85 ރުފިޔާ
  • ޒޯނު އެތެރޭގެ ދަތުރުތައް (މާލެ، ހުޅުމާލެ، ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތައް) - 45 ރުފިޔާ
  • މާލެއިން ހުޅުމާލެ 1 އަށް 130 ރުފިޔާ
  • މާލެއިން ހުޅުމާލެ 2 އަށް 155 ރުފިޔާ
  • މާލެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 110 ރުފިޔާ
  • ހުޅުމާލެ 1 އިން މާލެއަށް 130 ރުފިޔާ
  • ހުޅުމާލެ 1 އިން ހުޅުމާލެ 2 އަށް 60 ރުފިޔާ
  • ހުޅުމާލެ 1 އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 125 ރުފިޔާ
  • ހުޅުމާލެ 2 އިން މާލެއަށް 155 ރުފިޔާ
  • ހުޅުމާލޭ 2 އިން ހުޅުމާލެ 1 އަށް 60 ރުފިޔާ
  • ހުޅުމާލެ 2 އިން ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓަށް 130 ރުފިޔާ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެއަށް 110 ރުފިޔާ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 1 އަށް 125 ރުފިޔާ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުމާލެ 2 އަށް 130 ރުފިޔާ

ޓެކްސީގެ ހިދުމަތް ފޯރުކޮށްދެނީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގައިތޯ ފުލުހުންނާ ގުޅިގެން ބަލާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. ޓެކްސީގެ ހިދުމަތުގެ އަގުތައް އެއާޕޯޓުގެ ބޯޑެއްގައި ހަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

މާލެ އެތެރޭގެ ދަތުރުތަކަށް މިހާރު ނަގަނީ 25 ރުފިޔާއާއި 30 ރުފިޔާގެ ދެމެދުގެ އަގެކެވެ. މާލެ އިން ހުޅުމާލެ 1 އަށް 85 ރުފިޔާ އަދި މާލެ އިން ހުޅުމާލެ 2 އަށް 100 ރުފިޔާއެވެ. އަދި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަނީ 70 ރުފިޔާގެ އަގަކަށެވެ. އެއާޕޯޓުން މާލެއަށް ދިއުމަށް 70 ރުފިޔާގެ އަގެއް ނެގި ނަމަވެސް، ބައެއް ޓެކްސީތަކުން އެއަށްވުރެ ބޮޑު އަދަދެއް ނަގާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.