ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ބައްދަލުކުރައްވައިފިއެވެ.
ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި ގަތަރަށް ވަޑައިގެންނެވީ މިއަދުއެވެ.
ގަތަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ޒަމީރު ވަނީ ރާއްޖެއާއި ގަތަރުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. ޒަމީރު ވަނީ ރާއްޖޭގެ އިގުތިސޯދަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރައްވައިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ޒަމީރު ވަނީ ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ ފޯރަމްތަކުގައި މަޝްވަރާކޮށްގެން ކަންކަަން ހައްލުކުރުމާ މެދު ވެސް ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްފައި ކަމަށެވެ.
އަދި އިޒްރޭލުން، ގާޒާގައި ދެމުންދާ ހަމަލާތަކާ ގުޅިގެން ގާޒާއަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ރާއްޖޭގެ ފަރާތުން ޒަމީރު ވަނީ ވަޒަން ކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު