ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ މަރާލަން ރޭވި މައްސަލައާ ގުޅިގެން އިސް ހަށިފާރަވެރިޔާ މަގާމުން ދުރުކޮށްފިއެވެ.
ޒެލެންސްކީ އަށް ހަމަލާދީ މަރާލަން ރޭވިކަމުގެ ކުށުގައި އެ ގައުމުގެ ސިފައިންގެ ދެ އޮފިސަރުން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ޒެލެންސްކީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސްޓޭޓް ގާޑް ސާވިސްގެ ވެރިޔާ ޝޭރީ ރޫޑް މަގާމުން ދުރުކޮށްފައިވާކަން ހާމަކުރީ ޔޫކްރެއިން ރައީސްގެ ރަސްމީ ވެބްސައިޓު އާންމުކުރި ބަޔާނެއްގައެވެ.
ޝޭރީ ރޫޑް އެ މަގާމަށް އައްޔަށްކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އޭނާއަކީ ޒެލެންސްކީއާ އަރިސް އަދި ގިނަ ސިއްރުތައް އެނގޭ މީހެކެވެ.
ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، ޒެލެންސްކީ އަށް ހަމަލާދީ މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ އޮފިސަރުން ވަނީ އެކަން ކުރުމުގެ ކުރިން ގޮތް ނޭނގޭ ބަޔަކާ އެއްބަސްވުމެއް ހަދައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ