ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ބަޔާން ލެވަކޫސަން ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގެ މެޗުގައި ރޯމާއާ އެއްވަރުކޮށް، އެ ޓީމުން ފައިނަލުގެ ޖާގަ ޔަގީންކޮށްފިއެވެ.
މި ސީޒަނުގެ މިހާތަނަށް ޖަރުމަނު ލީގު ޔަގީންކޮށް، ޖަރުމަނު ކަޕްގެ ފައިނަލްގެ ފުރުސަތުވެސް ހޯދާފައިވާ ލެވަކޫސައިން ރޭ ރޯމާއާ އެއްވަރުކުރީ 2-2ގެ ނަތީޖާއަކުންނެވެ. އެގްރިގޭޓް 4-2 ގެ ނަތީޖާއަކުން ލެވަކޫސަންއިން ދެ ލެގު ކާމިޔާބުކުރި އިރު، ރޭގެ މެޗުން ބަލިނުވުމާއެކު ލެވަކޫސަން މި ސީޒަނުގައި ކުޅުނު 49 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. އޭގެތެރެއިން 40 މެޗުން ލެވަކޫސަން ވަނީ މޮޅުވެސް ވެފައެވެ. އެއީ މިހާތަނަށް ޔޫރަޕްގެ ޓީމަކުން ދެމެހެއްޓި އެންމެ ވަރުގަދަ ރެކޯޑެވެ.
މީގެ ކުރިން ބަލިނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވާ ކަމަށް ރެކޯޑު ކުރެވިފައި އޮތީ އިއުސޭބިއޯއާއެކު ކުޅުނު ބެންފިކާ ޓީމެވެ. އެފަހަރު ބެންފިކާ ވަނީ ޑިސެމްބަރު 1963 އިން ފެށިގެން 1965 ވަނަ އަހަރު ފެބްރުއަރީ މަހާ ހަމައަށް ބަލިނުވެ ހިފަހައްޓާލައިފައެވެ.
ފުރަތަމަ ލެގަށްވުރެ ރަނގަޅަށް ރޭގެ މެޗަށް ނުކުތް ރޯމާއިން އެގްރިގޭޓް ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އެއީ ލެއާންޑްރޯ ޕަރަޑެސްގެ ދެ ޕެނަލްޓީންނެވެ. އެހެން ނަމަވެސް، ރޯމާއަށް ލެވަކޫސަން ހިފަހައްޓައެއް ނުލެވުނެވެ. ޖިއާންލޫކީ މަންޗިނީ އަތުން ބައިކޮޅަށް ވަން ގޯލާއެކު ލެވަކޫސަންއިން މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރި އިރު، ލެވަކޫސަން ރޭވެސް އެއްވަރުކުރީ އެންމެ ފަހު ސިކުންތުގައެވެ. އެ ގޯލު ޖެހީ ޖޯސިޕް ސްޓަނިސިޗެވެ.
ލެވަކޫސަންއާ ދެކޮޅަށް މިއަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް ނުކުންނަނީ އެޓަލާންޓާއެވެ. ޑަބްލިންގައި އޮންނަ ފައިނަލްގެ ޖާގަ އެޓަލާންޓާއިން ހޯދީ މާސޭ ކަޓުވާލައިގެންނެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު