މި އަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުންދާ "މަސް އޮޑި ސްޕޯޓްސް ކުލަބް"ގެ ނަން "އޮޑި ސްޕޯޓްސް" ކުލަބަށް ބަދަލުކޮށް، އެ ކްލަބު ރީ ބްރޭންޑް ކޮށްފިއެވެ.
މަސް އޮޑި ސްޕޯޓްސް ކްލަބު ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. މަސްއޮޑި، އޮޑި ސްޕޯޓްސް ކްލަބަށް ރީ ބްރޭންޑް ކުރީ ރޭ ބޭއްވި އިވެންޓެއްގައެވެ. އެ ކްލަބުން ކުޅިވަރުގެ މައިދާނުގައި އިތުރަށް ހަރަކާތްތެރިވުމުގެ މަގުސަތުގައި ކްލަބު ރީބްރޭންޑް ކުރީ، ދުރު ރާސްތާ ޕްލޭނަކަށް މަސައްކަތް ކުރުމަށެވެ.
މަސްއޮޑި، އޮޑި ސްޕޯޓްސް ކުލަބަށް ރީ ބްރޭންޑް ކޮށްދެއްވީ ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި މަހިބަދޫ ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ތާރިގް (ޓޮމް) އެވެ.
މި ރަސްމިއްޔާތުގައި އޮޑި ސްޕޯޓްސް ކުލަބްގެ އިސްވެރިންނާއި ކުޅުންތެރިންގެ އިތުރުން ކުލަބާ އަލަށް ގުޅުނު ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ރޭގެ ރަސްމިއްޔާތުގައި އޮޑި ސްޕޯޓްސް ކުލަބްގެ އާ ލޯގޯއާއި އަންނަ ސީޒަނުގައި އެ ޓީމުން ބޭނުން ކުރާނެ ޖާޒީވެސް ދައްކާލާފައިވެއެވެ.
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު