މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފުގެ ވެހިކަލް ވަގަށް ނެގި މައްސަލާގައި ހިމެނޭ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބނުނީ މިއަދު ބުނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިފައިވާ މައްސަލަ ރިޕޯޓު ކުރި ކަމަށެވެ. އަދި އެ އުޅަނދު ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ކިހާ އަދަދެއްގެ މީހުން ކަމެއް ހާމައެއް ނުކުރެއެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ވަގަށް ގެނި ވެހިކަލަކީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފުގެ ވެހިކަލެކެވެ. އެ ވެހިކަލް ވަގަށް ނަގާފައިވަނީ މިދިޔަ ހަފުތާ ތެރޭގައެވެ.
އެ ވެހިކަލް ހޯދައިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު