ސައޫދީ އަރަބިއްޔާގައި ރަސްކަންކުރައްވާ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމުގައިވާ، ޕްރިންސް ބަދްރު ބިން އަބްދުލް މުހުސިން ބިން އަބްދުލްއަޒީޒް އާލް ސައޫދު އަވަހާރަވުމާ ގުޅިގެން، މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށާއި، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ އަރިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު، ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ބަދްރު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.
"ބަދްރު ބިން އަބްދުލް މުހުސިން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަހްމަތްލައްވައި، މަރުހޫމުގެ ފާފަ ފުއްސުވުމަށް އެދި ދުއާ ކުރައްވައި، އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނާއި، ވަލީ އަހުދާއި، ޝާހީ އާއިލާއާއި، އެގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ބަދްރުއަކީ ސައުދީ އަރަބިއްޔާގެ މަޝްހޫރު ޅެންވެރިއެއް އަދި ލިޔުންތެރިއެއްގެ އިތުރުން، ދީލަތިކަމާއި ތޫނުފިލިކަމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ބަދްރު ވަނީ ސައުދީގެ އަދަބިއްޔާތާއި ސަގާފަތަށް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވައިފައި ކަމަށާއި ބަދްރުގެ ހިދުމަތްތަކުގެ އަގު އަންނާން އޮތް ޖީލުތަކުންވެސް ވަޒަން ކުރަމުންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު