ރަޝިޔާގެ ވޯންޓެޑް ލިސްޓްގައި ޔޫކްރޭނުގެ ލީޑަރު ޒެލެންސްކީގެ ނަން ހިމަނައިފިއެވެެ.

ރަޝިޔާގެ އެންމެ ނުރައްކާތެރި ކުށްވެރިން ހިމެނޭ ވޯންޓެޑް ލިސްޓަށް ޔޫކްރޭނުގެ ލީޑަރު ޒެލެންސްކީގެ ނަން ރަޝިޔާ ސަރުކާރުގެ ޑޭޓާ ބޭސްއަށް އިތުރުކޮށްފައިވަނީ ހޮނިހިރު ދުވަހުގައެވެ.

ރަޝިޔާގެ އިންޓީރިއާ މިނިސްޓްރީ އިން ބަލަހައްޓާ އެލިސްޓުގައި ޒެލެންސްކީގެ ނަން ހިމަނާފައިވަނީ އެގައުމުގެ ގާނޫނުގެ ކްރިމިނަލް ކޯޑްގެ ދަށުން ކަމަށް ލިޔެފައިވެއެވެ.

ރަޝިޔާއިން ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުން ޒެލެންސްކީ އަށް ޓާގެޓްކޮށް ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

ރަޝިޔާގެ ތުހުމަތުތަކާއެކު ޒެލެންސްކީ މިދިޔަ އަހަރު ވަނީ އޭނާއަށް އަމާޒުކޮށް ހަ ވަރަކަށް ހަމަލާ އަމާޒުވެފައިވާ ކަމަށާއި އެ ހުރިހާ ހަމަލާތަކެއް ނާކާމިޔާބު ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.