ސްޕެއިން ފުޓުބޯޅައިގެ ކަންކަން ބަލަހައްޓަން ސަރުކާރުގެ ފަރާތުން ގައުމީ ކުޅިވަރު ކައުންސިލް މެދުވެރިވެ އެކުލަވާލި ކޮމިޓީގެ ވެރިއަކަށް ގައުމީ ޓީމުގެ ކުރީގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ އައްޔަނު ކޮށްފިއެވެ.
ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ހާލަތު ގޯސްވެ، އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އާރުއެފްއީއެފްގެ ކަންކަން ބަލަހައްޓައި، ފުޓްބޯޅަ ކޮންޓްރޯލް ކުރަން ސްޕެއިން ސަރުކާރުން ހާއްސަ ކޮމިޓީއެއް އެކުލަވާލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސްޕެއިން ސަރުކާރުން ފުޓުބޯޅައަށް ހާއްސަ ކޮމިޓީއެއް ނަގާފައި ވަނީ ސްޕެއިންގެ ފުޓުބޯޅަ އިދާރާގެ ކޮރަޕްޝަންގެ މައްސަލަ ބޮޑުވެ، އިދާރާ ގޯސްތައް ރަނގަޅުކޮށް އިންތިހާބެއް ބާއްވަން ދެންނެވެ. ސްޕެއިން ފުޓުބޯޅަ އިދާރާގެ ރައީސް ލުއިސް ރުބިއަލެސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން މިހާރު ހުރީ ހައްޔަރު ކޮށްފައެވެ.
އޭގެ އިތުރުން ރުބެލިއަސްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއްވެސް ދަނީ އިދާރާތަކުން ބަލަމުންނެވެ. އެއީ މިދިޔަ ހޫނު މޫސުމުގެ އަންހެން ވޯލްޑް ކަޕް ފައިނަލަށްފަހު، ސްޕެއިންގެ ޖެނީ ހާމޯސޯއަށް ބޮސްދިން މައްސަލައެއްގައެވެ.
ސަރުކާރުން އެކުލަވާލި "ނޯމަލައިޒޭޝަން" ކޮމިޓީގެ މަސައްކަތަކަށް ވާނީ ސައްހަ އިންތިހާބެއް ބޭއްވެންދެން ފުޓުބޯޅައާ ގުޅޭ ހުރިހާ ކަމެއް ނިންމުމެވެ. ސަރުކާރުން އެ ކޮމިޓީގެ ނިންމުންތަކަށް އެއްވެސް ވަރަކަށް ނުވަންނަން ޔޫއެފާއާއި ފީފާއިން އިރުޝާދު ދީފައިވާ އިރު، ތިންވަނަ ފަރާތެއްގެ ނުފޫޒު އެފްއޭއަށް ފޯރާތޯ މިހާރު ވެސް ދަނީ ކައިރިން ބަލަމުންނެވެ.
ސްޕެއިންގެ ފުޓުބޯޅައިގެ ކަންކަން ހަވާލުކޮށްފައިވާ ޑެލް ބޮސްކޭ އަކީ ގައުމީ ޓީމަށް ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯ އެގައުމަށް ކާމިޔާބު ކޮށްދީފައެވެ. އޭގެ އިތުރުން އުމުރުން 73 އަހަރުގެ ޑެލް ބޮސްކޭ އަވި 2000 އާއި 2002 ވަނަ އަހަރު ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.
ސްޕެއިނަކީ 2030 ވަނަ އަހަރު ވޯލްޑް ކަޕްގެ ކޯ ހޯސްޓެކެވެ. ތިން ބައްރެއްގެ ހަ ގައުމެއްގައި ކުޅެން ރާވާފައިވާ އެ ވޯލްޑް ކަޕްގެ ހޯސްޓް މަގާމު ގެއްލުވާނުލާ ކުރިއަށްދާން ސްޕެއިން ފުޓުބޯޅައަށް އަވަސް ހައްލުތަކެއް ހޯދަން ޖެހެއެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން