ހަށިވިއްކުމަށާއި ތަފާތު ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުންދިޔަ ޓެލެގްރާމް ޗެނަލްއެއް ފުލުހުން ބަންދުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގަމުންދިޔަ އެ ޗެނަލް ބަންދުކޮށް އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ މާޗު މަހުގެ ތެރޭގައިވެސް ފުލުހުން ވަނީ ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކެއް ބަންދުކޮށްފައެވެ.

ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި ހިންގަމުންދިޔަ އެ ޗެނަލްތަކުގެ މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ ތެރެއިން ދެ މީހުންނަކީ ދެމަފިރިންނެވެ. އަނެކަކީ ހަށިވިއްކުމުގައި އެ ދެމަފިރިންނަށް އެހީތެރިވެދިން ޓެކްސީ ޑްރައިވަރެކެވެ.