އުމުރުން 38 އަހަރުގެ ބްރެޒިލް އަންހެން ފުޓުބޯޅަ ޓީމުގެ ލެޖެންޑް މާޓާ، މި އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށް އިއުލާނު ކޮށްފިއެވެ.
މާޓާއަކީ ފުޓުބޯޅައިގެ ލެޖެންޑެކެވެ. އޭނާއަކީ ބްރެޒިލް ގައުމީ ޖާޒީގައި އެންމެ ގިނައިން ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އޭގެ އިތުރުން އޭނާއަކީ ވޯލްޑް ކަޕްގައިވެސް އެންމެ ގިނައިން ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. މާޓާ ވަނީ ހަ ވޯލްޑް ކަޕެއްގައި 23 މެޗު ކުޅެ، 17 ގޯލު ޖަހައިފައިވެއެވެ.
މާޓާ ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެންމެ ގާތަށް ޖެހުލީ 2007 ވަނަ އަހަރުއެވެ، އެ ފަހަރު ފައިނަލްގައި ބްރެޒިލް ބަލިވީ ޖަރުމަނު ކައިރިންނެވެ.
މާޓާ އިއްޔެ ބުނީ މިފަހަރު ޕެރިސްގައި އޮންނަ ވޯލްޑް ކަޕަށް އޭނާ ސްކޮޑަށް ނަގައިފިނަމަ، އެ އޮލިމްޕިކްސް އެންމެ ފުރިހަމައަށް ބޭނުން ހިފައި، ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް، އެހިސާބުން ގައުމީ ކެރިއަރު ނިންމާލަން ނިންމާފައިވާ ކަން ފާހަގަކޮށް މާޓާ ބުނީ، މިއީ ގައުމީ ޖާޒީގައި ކުޅޭނެ އެންމެފަހު އަހަރު ކަމަށެވެ.
މީގެ ކުރިން ފަސް އޮލިމްޕިކްސްއަށް ބްރެޒިލްއާއެކު ގޮސްފައިވާ މާޓާ ވަނީ އެ މުބާރާތް ކާމިޔާބުކުރުމާ ގާތަށްވެސް ދެ ފަހަރަކު ޖެހިލައިފައެވެ. އެއީ 2004 ވަނަ އަހަރު އެތެންސް އޮލިމްޕިކްސްއާއި 2008 ވަނަ އަހަރު ބެއިޖިންގައި ބޭއްވި އޮލިމްޕިކްސްގައެވެ. އެ ދެފަހަރުވެސް ބްރެޒިލުން ނިންމާލީ ރިހި މެޑަލްއާއެކުގައެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް