ނެދަލޭންޑްސް ލީގުގެ މިދިޔަ ސީޒަނުގެ ޗެމްޕިއަން ފެޔެނޫޑްގެ ކޯޗު، އާނޭ ސްލޮޓް ހޯދަން ލިވަޕޫލުން މަޝްވަރާ ކުރަން ތައްޔާރުވެއްޖެއެވެ.
ޔާގަން ކްލޮޕް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމަށް ވަނީ ނިންމައިފައެވެ. ލިވަޕޫލަށް 30 އަހަރަށްފަހު ލީގު ތަށްޓެއް ހޯދައިދީ، އެ ކްލަބާއެކު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކުރި ކްލޮޕް، ކްލަބުގެ ކޯޗުކަން ދޫކޮށްލާނެ ކަމަށް އިއުލާނު ކުރީ މި ސީޒަނުގެ ތެރެއިންނެވެ. ލިވަޕޫލާ އެކު 2015 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ކޯޗު، ކްލޮޕް މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަން އިއުލާނު ކުރުންވެފައި އޮތީ ގިނަ ބަޔަކަށް ހައިރާން ކަމަކަށެވެ.
ލިވަޕޫލުން މިހާރު އާ ކޯޗަކަށް މަސައްކަތް ކުރަމުންދާ އިރު، މީގެ ކުރިން މީޑިއާގައި އަޑު ފެތުރުނީ ސްޕޯޓިން ލިސްބަންގެ ކޯޗު ރުބެން އަމޯރިމްއާ އެ ކްލަބުން މަޝްވަރާތަކެއް ކުރި ކަމަށެވެ. އެހެން ނަމަވެސް އެ އަޑު މިހާރު ވަނީ މަޑުވެފައެވެ. އެއީ އަމޯރިމް އެކަން ދޮގު ކުރުމުންނެވެ.
ހަބަރުތައް ބުނެފައިވާ ގޮތުގައި މިހާރު ލިވަޕޫލުން އެންމެ ގާތުން ބަލަމުންދާ އެއް ކޯޗަކީ ފެޔެނޫޑްގެ ކޯޗު ސްލޮޓެވެ. ސްލޮޓް ވަނީ މިދިޔަ ސީޒަނުގައި ފެޔެނޫޑަށް ލީގު ހޯދައިދީ، މި ސީޒަނުގައި ޑަޗް ކަޕްވެސް އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި މިހާރު އެޓީމު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.
ފެޔެނޫޑްގެ ކޯޗު ސްލޮޓް، މިދިޔަ ސީޒަނުގައި ލީޑްސް ޔުނައިޓެޑާ ހަވާލުވާން މަޝްވަރާތަކެއް ކުރިއެވެ. އެހެން ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އަދި އޭގެފަހުން ސްލޮޓް، ޓޮޓެންހަމްއަށް ގެންނަން އެ ކްލަބުން މަސައްކަތް ކުރިއެވެ.
އުމުރުން 45 އަހަރުގެ ސްލޮޓް. ފެޔެނޫޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2026 ވަނަ އަހަރަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް