ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައިފިއެވެ.
ފުލުހުން ބުނީ މިއަދު ފަތިހު 5:35 ގައި މި އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކްސިޑެންޓް ހިނގީ ދުއްވަމުން ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިގެން ކަމަށެވެ.
ފުލުހުން ބުނީ ކާރު ފުރޮޅާލި އިރު އޭގެ ފަހަތު ސީޓްގައި އިން އަންހެނަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން ކާރު ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ކާރު ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު