މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް މިވަގުތު ކުރަން އޮތް އެންމެ މުހިއްމު އެއް ކަމަކީ ކެތްތެރިވުން ކަމަށް ސާ ޖިމް ރެޓްކްލިފް ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރެޓްކްލިފް ޔުނައިޓެޑްގެ 25 ޕަސެންޓްގެ ހިއްސާ ގަތީ ޖުމުލަ 1.03 ބިލިއަން ޕައުންޑްގެ އަގަކަށެވެ. އުމުރުން 71 އަހަރުގެ ރެޓްކްލިފް ވަނީ އެ ކްލަބުގެ ސްޓޭޑިއަމަށް 236 ޕައުންޑް އިންވެސްޓް ކުރަން އެއްބަސްވެފައެވެ. އޭގެ އިތުރުން ޓްރާންސްފާތަކަށްވެސް ޔުނައިޓެޑުން ވަނީ ހަރަދުތަކެއް ކުރަން ތައްޔާރުވެފައެވެ.
ރެޓްކްލިފަަށް ޔުނައިޓެޑްގެ ހުރިހާ ފުޓުބޯޅައިގެ ހަރަކާތްތަކެއްގެ ކޮންޓްރޯލް ލިބޭ ގޮތަށް އެއްބަސްވުން ހަދާފައިވާ އިރު، އޭނާއަކީ ޔުނައިޓެޑަށް އުފަން ވިޔަފާރިވެރިއެކެވެ. އިނެއޯސްގެ ޗެއާމަން ކުރިން ބުނެފައި ވަނީ އޭނާއަކީ އަބަދުވެސް ޒަމާންވީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށެވެ.
ރޭ ޔުނައިޓެޑުން ކޮވެންޓްރީއާ ދެކޮޅަށް ވެމްބްލީގައި ކުޅުނު މެޗު ޕެނަލްޓީއަށް ގޮސް، ޔުނައިޓެޑް ވަނީ އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައެވެ. މެޗުގައި ޔުނައިޓެޑްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔުމާއެކު ސަޕޯޓަރުންގެ މާޔޫސްކަން ބޮޑުވެ، ވެރިންނަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައެވެ.
އެމެޗަށްފަހު ވާހަކަ ދައްކަމުން ރެޓްކްލިފް ވިދާޅުވީ ޔުނައިޓެޑްގެ މައްސަލަތައް ހައްލުކުރުމަކީ ދިގު ރާސްތާ ކަމެއް ކަމަށާއި، މައްސަލަތައް ހައްލުކޮށް، ފުޓުބޯޅަ ރަނގަޅު ކުރުމަކީ އޮން އޮފް ސަވިޗަކުން ކުރެވޭ ކަމެއް ނޫންކަން ސަޕޯޓަރުން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"މައްސަލަ ހައްލުކުރާކަށް ސްވިޗެއް ނީންނާނެ. ޔުނައިޓެޑްގެ ސަޕޯޓަރުންގެ މާޔޫސްކަމަށް ހަމްދަރުދީވަމުންވެސް ބުނަން ބޭނުންވަނީ ސަޕޯޓަރުން މާ ކެތްމަދު ކަމަށް. ކެތްތެރިވާން ޖެހޭ. މި ކުރާ މަސައްކަތަކީ އެއް ދުވަހަކުން ނިންމޭނެ މަސައްކަތެއް ނޫން،" ރެޓްކްލިފް ވިދާޅުވިއެވެ.
ޔުނައިޓެޑްގެ ޓެކްނިކަލް ހުރިހާ މަގާމެއް ކަހަލަ ގޮތަކަށް ރެޓްކްލިފް ބަދަލުކުރައްވަމުން ދާ އިރު، އޭނާ ވިދާޅުވީ އަލަށް އައި ހުނަރުވެރި ޓެކްނިކަލް މީހުންނަށްވެސް ފައިދާ ކުރުވަނިވި ކަންތައްތަކެއް ކުރަން އިތުރު ވަގުތު ދޭން ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް، "ރީބިލްޑިން ޕްރޮސެސް"އަށް ގެންނަން ޖެހޭ މީހުން ހަމައަށް ނުގެނެވޭ ކަމަށްވެސް ރެޓްކްލިފް ވިދާޅުވިއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް