އިނގިރޭސި އެފްއޭ ކަޕް ސެމީ ފައިނަލްގައި ރޭ ކޮވެންޓްރީއާ ދެކޮޅަށް ކުޅުނު މެޗުގައި، ޕެނަލްޓީ ޖަހައިގެން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރޭގެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ވެމްބްލީގައި ކުޅުނު މެޗު ޕެނަލްޓީއަށް ދިޔައީ 3-3 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ. މެޗުގައި ޔުނައިޓެޑުން ފުރަތަމަ ތިން ގޯލު ޖެހި ނަމަވެސް، ދެވަނަ ޑިވިޝަނުގެ ކޮވެންޓްރީން ވަނީ ތަފާތު ރޫހެއް ދައްކައި، ހިތްވަރާއެކު މެޗު އެއްވަރު ކޮށްފައެވެ.

ޔުނައިޓެޑް ލަދަކާ ދިމާލަށް ދަނިކޮށް، ޕެނަލްޓީގައި ކާމިޔާވި ނަމަވެސް، ކޮވެންޓްރީއަށް އެއީ ތާރީހީ މެޗެކެވެ. އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ޓީމަށް އިހުތިރާމް ބަންޑުންކޮށްލާފައިވާ އިރު، ރޭގެ މެޗުގެ ވާހަކަ އެތައް ދުވަހެއްގެ ތާރީހަށް ދެމިގެންދާނެ ކަމަށް ސަޕޯޓަރުން ވަނީ ބުނެފައެވެ. މީގެ ކުރިން 1987 ވަނަ އަހަރު ކޮވެންޓްރީން އެފްއޭ ކަޕް ފައިނަލުގައި ޓޮޓެންހަމް ބަލިކޮށް ތަށި ނަގާފައިވާ އިރު، ރޭގެ މެޗުން އެޓީމަށް ވަގުތު ކޮޅަކަށް އެ އުންމީދު ލިބުނެވެ.

ޔުނައިޓެޑުން މެޗުގައި ފުރަތަމަ ގޯލު ޖެހީ، 23 ވަނަ މިނެޓުގައި ސްކޮޓް މެކް ޓޮމިނޭއެވެ. އެ ގޯލާއެކު ލީޑު ނެގި ޔުނައިޓެޑުން ހާފު ނިންމާލީ ހާފު ނިމެން ދަނިކޮށެވެ. ހެރީ މެގުއާ ޖެހި ގޯލުން ޔުނައިޓެޑް ފަރަގު ބޮޑުކޮށް، ދެވަނަ ގާފު ފެށިގެން މާ ގިނައިރެއް ނުވެ، ޔުނައިޓެޑް އިތުރު ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީ ބްރޫނޯ ފެނާންޑޭޒްއެވެ.

ޔުނައިޓެޑުން ފަސޭހަކަމާ އެކު މެޗު ނިންމާލަން ދިޔަ ނަމަވެސް، އެލިސް ސިމްސް އާއި ކަލުމް އޯހާރޭ ޖެހި ގޯލުތަކުން ކޮވެންޓްރީން ނަތީޖާގެ ފަރަގު ކުޑަކޮށް، އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީގައި ނަތީޖާ އެއްވަރުކުރިއެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ހާޖީ ރައިޓެވެ.

ޕެނަލްޓީގައި ޔުނައިޓެޑްގެ ފުރަތަމަ ޕެނަލްޓީ ކަސަމީރޯ އަތުން ނާކާމިޔާބުވި ނަމަވެސް، އަންދްރޭ އޮނާނާ ވަނީ އޯހާރޭއާއި ބެން ޝީފް ޖެހޮ ޕެނަލްޓީވެސް މަތަކޮށް، ޔުނައިޓެޑް މޮޅުކޮށްދީފައެވެ.