ފަހަތުން އަރައި ދެވަނަ ޑިވިޝަނުގެ ސައުތުހެމްޓަން ބަލިކޮށް، މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ވެމްބްލީގައި ރޭ ކުޅުނު ސެމީ ފައިނަލުގައި ސިޓީން ސައުތުހެމްޓަން ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީން އެންމެފަހުން ހަތަރު ފަހަރުވެސް އެފްއޭ ކަޕް ފައިނަލުގައި ކުޅެފައިވާ އިރު، މީގެ ކުރިން ކުޅުނު ތިން ފައިނަލުން ތަށި ހޯދުނީ އެންމެ ފައިނަލެއްގައެވެ. އެއީ 2022-23 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފައިނަލުގައެވެ.
އޭގެފަހުން ކުޅުނު ދެ ފައިނަލަށް ބަލާ އިރު، ޔުނައިޓެޑް ކައިރިންނާއި ކްރިސްޓަލް ޕެލެސް ކައިރިން ސިޓީ ބަލިވެފައިވެއެވެ.
ކުރީކޮޅުގައި ސައުތުހެމްޓަންގެ ލެއޯ ސިއެންޒާ ގޯލް ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، އެއީ ގޯލެއް ކަމަށް ނުބެލީ އޮފްސައިޑް ވުމުންނެވެ. ފުރަތަމަ ހާފުގައި ހަމަލާތައް މަދުކޮށް ފެނުނު އިރު، ސައުތުހެމްޓަންގެ ޑެނިއަލް ޕެރެޓްޒް ވަނީ އޮމަރު މަރްމޫޝްގެ ހަމަލާ ދިފާއުކޮށްފައެވެ.
މެޗުގައި ފުރަތަމަ ލީޑު ނެގީ ސައުތުހެމްޓަންއިންނެވެ. ފިން އަޒާޒް އެ ގޯލް ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ ފަހުކޮޅުގައި އެޓީމުން ލީޑު ނެގި ނަމަވެސް، ސިޓީން ވަނީ 82 ވަނަ މިނެޓުގައި 87 ވަނަ މިނެޓުގައި ގޯލް ޖަހައި ނަތީޖާ އަނބުރާލައިފައެވެ. އެ ގޯލްތައް ޖެހީ ޖެރެމީ ޑޮކޫއާއި ނިކޯ ގޮންޒާލޭޒްއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް