މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫގައި އެމްޓީސީސީގެ ފަަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ ޒީނިޔާ ހަމީދެވެ.
ޖުމުލަ 117.9 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމަން ދީފައިވަނީ 420 ދުވަހުގެ ތެރޭގައެވެ.
ހައުސިން މިނިސްޓްރީން ބުނީ، މަޝްރޫއުގެ ދަށުން ހަދާ ހައުސިން ޔުނިޓްތަކުގެ ބޮޑުމިނަކީ 1000 އަކަފޫޓް ކަމަށެވެ. އެޕާޓްމަންޓުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭނެ ކަމަށްވެސް ބުންޏެވެ.
އޭގެ އިތުރުން އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓްތައް ވަށައިގެން އަލިކޮށް، ޕާކަކާއި ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ހަދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު