ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ކުޅޭ ޓީމުތަކާއެކު މެޗު ފަށަން ދަނޑަށް އަރާ ކުދިންގެ ތެރޭގައި ހިމެނުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާސްޓާ ކާޑު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.
މި ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މާސްޓާ ކާޑު ޕްލޭޔާ މެސްކޮޓް އެކްސްޕީރިއަންސްގެ ދަށުން ފުޓްބޯޅައަށް ލޯބިކުރާ ކުދިންނަށް ޔޫއެފާ ފައިނަލް މެޗް ބަލާލެވި، ދުނިޔޭގެ އެންމެ މޮޅު ބައެއް ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތެއް ލިބިގެންދެއެވެ.
ބީއެމްއެލް އިން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި ބޮޑު މީހަކާއި ކުއްޖަކަށް ހުރިހާ ހަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހު ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެގޮތުން ލަންޑަން ދެކޮޅު ޑިކެޓް، ހުރުން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ދަތުރުގައި ބައިވެރިވާ ކުއްޖާއަށް ފައިނަލް މެޗު ފަށަން ދަނޑަށް އަރާ ކުޅުންތެރިންނާއެކު ދަނޑަށް އެރުމުގެ ފުރުސަތު، ޕޮކެޓް މަނީގެ އިތުރުން ވެލްކަމް ގިފްޓެއްވެސް ލިބޭނެ ކަމަށް ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި މާސްޓާ ކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ ކަމަށެވެ.
މާސްޓަ ކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު