ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ފައިނަލްގެ ދެވަނަ ޖާގަ ހުޅުމާލެ ވެޓެރަންސް ކްލަބުން ހޯދައިފިއެވެ.
ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ ދަ ގްރާންޑޭ ކައިރިން 2-0 އިން މޮޅުވެފައެވެ. މިދިޔަ ދެ އަހަރުގެވެސް ޗެމްޕިއަން ހުޅުމާލެ ވެޓެރަންސްއިން މިއަހަރުވެސް ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އެޓީމުން ފައިނަލުގައި ނުކުންނާނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ކެޕްޓަން ކަމުގައި ކުޅެމުންދާ މުއިވެޔޮ ފްރެންޑްސްއާ ދެކޮޅަށެވެ.
އިއްޔެގެ ސެމީ ދެވަނަ މެޗުގައި ހުޅުމާލެ ވެޓެރަންސްއިން ވަނީ 23 ވަނަ މިނެޓުގައި ލީޑު ނަގައިފައެވެ. ފުރަތަމަ ގޯލު އެޓީމަށް ޖަހައިދިނީ އިބްރާހީމް މާޖިދު (މަޖިއްޓެ) އެވެ. އެ ގޯލާއެކު ފުރަތަމަ ހާފު ލީޑުގައި ނިންމާލި ހުޅުމާލެ ވެޓެރަންސްއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނަގައިފައެވެ.
އެޓީމުގެ ދެވަނަ ގޯލު، ޕެނަލްޓީއަކުން ޖަހައިދިނީ ހުސައިން ޝިމާޒް (ކޮކީ) އެވެ.
ވެޓެރަންސް މުބާރާތަކީ 40 އަހަރުގެ ކުޅުންތެރިންނަށް ހާއްސަކޮށް ކޮންމެ އަހަރަކު ބާއްވަމުންދާ މުބާރާތެކެވެ. އެހެން ނަމަވެސް، ކޮންމެ ޓީމެއްގައި ވެސް 35 އަހަރުން މަތީގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮވެއެވެ. މިއަހަރުގެ މުބާރަތުގައި 10 ޓީމު ވާދަކޮށްފައިވެއެވެ.
މިފަހަރުގެ ފައިނަލް މެޗު މާދަމާ ހަވީރު އޮންނަ އިރު، އެ މެޗު ފަށާނީ ހަވީރު 4:10 ގައެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް