ރޯދަ މަހަށް ހާއްސަކޮށްގެން ބާއްވާ އެފްއޭއެމް ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒް ހުސައިން މުހައްމަދު ލަތީފް ކެޕްޓަންކަން ކުރައްވާ މުއިވެޔޮ ފްރެންޑްސްއިން ދިވެހި ސިފައިންގެ ކްލަބް ބަލިކޮށްފިއެވެ.
މިދިޔަ އަހަރުތަކުގައިވެސް ވެޓެރަންސް ކުޅުންތެރިންނަށް ހާއްސަކޮށް ރޯދަ މަހު ވެޓެރަންސް ކަޕް ބާއްވަމުން އަންނަ ނަމަވެސް، އެއީ އެފްއޭއެމްއިން ބާއްވާ މުބާރާތްތަކެއްގެ ގޮތުގައެވެ. އެފްއޭއެމްއަށް ދިމާވި މައްސަލަތަކުގެ ސަބަބުން އެ އިދާރާއިން ވެޓެރަންސް މުބާރާތްވެސް އަމިއްލަ އިސް ނެގުމާއެކު ނުބާއްވާތާ މިހާރު ވަނީ 15 ވަރަކަށް އަހަރުވެފައެވެ. އެހެން ނަމަވެސް، މިފަހަރު މުބާރާތް ބާއްވަނީ ސީދާ އެފްއޭއެމްއިންނެވެ.
މިފަހަރުގެ މުބާރާތުގައި 10 ޓީމަކުން ވާދަކުރާ އިރު، ގްރޫޕް އޭގައި ހިމެެނެނީ، ދަ ގްރާންޑޭ، މުއިވެޔޮ ފްރެންޑްސް ކްލަބް، ދިވެހި ސިފައިންގެ ކުލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަދި ވިލިމާލެ ޔުނައިޓެޑެވެ.
ގްރޫޕް ބީގައި ހިމެނެނީ، ޔުނައިޓެޑް ވިކްޓްރީ، ހުއްރިއްޔާ ސްޕޯޓްސް ކުލަބް (ހުރާ)، ހުޅުމާލެ ވެޓެރަންސް ކުލަބް، ބުރު ސްޕޯޓްސް ކުލަބް އަދި ޕޮލިސް ކުލަބެވެ.
އެންމެ ފުރަތަމަ ކުޅުނު މެޗު ނިއުއިން ކާމިޔާބުކޮށްފައިވާ އިރު، އިއްޔެ ހަވީރު ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މެޗުން މުއިވެޔޮ މޮޅުވީ 1-0 އިންނެވެ.
މުއިވެޔޮއިން މެޗުގައި ޖެހި ހަމައެކަނި ގޯލް، 52 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ޝަހީމެވެ. މެދު ތެރެއިން ހޯދި ބޯޅަ ޝަހީމް ގޯލަށް ވައްދާލީ ކުރިއަށް ޖެހި ތިރިތިރީން ބޯޅަ ފޮނުވާލައިގެންނެވެ.
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް