ވިލިމާލެ ޔުނައިޓެޑުން އެފްއޭއެމް ވެޓެރަންސް ކަޕް 2026 ކާމިޔާބު ކޮށްފިއެވެ.
މިއަދު މާފަންނު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ވިލިމާލެ ޔުނައިޓެޑުން ވަނީ ހުޅުމާލެ ވެޓެރަންސް ކްލަބްގެ މައްޗަށް 1-0 އިން ކުރި ހޯދައިފައެވެ.
މިދިޔަ އަހަރުތަކުގައިވެސް ވެޓެރަންސް ކުޅުންތެރިންނަށް ހާއްސަކޮށް ރޯދަ މަހު ވެޓެރަންސް ކަޕް ބާއްވަމުން އަންނަ ނަމަވެސް، އެއީ އެފްއޭއެމްއިން ބާއްވާ މުބާރާތްތަކެއްގެ ގޮތުގައެވެ. އެފްއޭއެމްއަށް ދިމާވި މައްސަލަތަކުގެ ސަބަބުން އެ އިދާރާއިން ވެޓެރަންސް މުބާރާތްވެސް އަމިއްލަ އިސް ނެގުމާއެކު ނުބާއްވާތާ މިހާރު ވަނީ 15 ވަރަކަށް އަހަރުވެފައެވެ. އެހެން ނަމަވެސް، މިފަހަރު މުބާރާތް ބާއްވަނީ ސީދާ އެފްއޭއެމްއިންނެވެ.
މިފަހަރުގެ މުބާރާތުގައި 10 ޓީމަކުން ވާދަކުރާ އިރު، ވިލިމާލެއިން ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެގެންނެވެ.
މިއަދު ކުޅުނު ފައިނަލްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ވިލިމާލެ ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ 16 ވަނަ މިނިޓުގައި ހުސެއިން ރަޝީދެވެ. އެ ގޯލަކީ އަރިމަތިން ބޯޅަ ހިފައިގެން ގޮސް ފަރުހާދު އިސްމާއިލް (ފަރޭ) ހުސްކޮށްލާފައި ގޯލް ކުރިމައްޗަށް ނެގި ބޯޅައެއްގައި ޖެހި ގޯލެކެވެ.
މި ފަހަރުގެ ވެޓަރަންސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކީ ވިލިމާލެ ޔުނައިޓެޑްގެ ހަސަން ސޮލާހު (ހައްޓޭ) އެވެ.
އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ވިލިމާލެ ޔުނައިޓެޑްގެ ހުސެއިން ޝިމާޒް (ކޮކީ) އެވެ. ކޮކީ ވަނީ މުބާރާތުގައި ޖުމުލަ، އަށް ގޯލް ޖަހައިފައެވެ.
މުޙައްމަދު ޝަމްޢޫން
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް
ރަމަޟާން ވެޓަރަންސް ކަޕް