ޖަރުމަނު ކަޕްގެ ސެމީ ފައިނަލުގައި ރޭ ދެވަނަ ޑިވިޝަނުގެ ފޯޗޫނާ ޑުސެލްޑޯފް ކައިރިން ބޮޑު މޮޅެއް ހޯދައި، ބަޔާން ލެވަކޫސަން ފައިނަލަށް ދަތުރުކޮށްފިއެވެ.
މިސީޒަނުގެ މިހާތަނަށް ކުޅުނު 40 މެޗުގައިވެސް ލެވަކޫސަން ބަލިވެފައި ނުވާ އިރު، ރޭ ޑުސެލްޑޯފް ކައިރިން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ލެވަކޫސަން ރޭ މޮޅުވި އިރު، އެޓީމުން ފައިނަލުގައި ކުޅެން ޖެހޭނީ ކައިސާސްލޯޓާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހު ޖަރުމަނުގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ.
ހަމެޖެހިލައިގެން ރޭގެ މެޗު ފެށި ލެވަކޫސަނުން ވަނީ މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ދެ ގޯލު ޖަހައިފައެވެ. އެ ގޯލުތައް ޖަހައިދިނީ ޖެރެމީ ފްރިމްޕޮންގާއި އަމީން އާދިލްއެވެ. ހާފު ނިމުމުގެ ކުރިން ލެވަކޫސަނުން ތިންވަނަ ގޯލެއްވެސް ޖަހާފައިވާ އިރު، 35 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ފްލޯރިއަން ވާޓްޒްއެވެ.
މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޖަރުމަނުގެ ޒުވާން ފޯވަޑް ވާޓްޒް، ރޭގެ މެޗުގައި އިތުރު ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މިހާތަނަށް މި ސީޒަނުގައި އޭނާ ވަނީ ޖަރުމަނާއި ލެވަކޫސަންއަށް ޖުމުލަ 14 ގޯލު ޖަހައިދީފައެވެ.
މީގެ ކުރިން ލެވަކޫސަނުން ޖަރުމަނު ކަޕް ހޯދާފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1993 ވަނަ އަހަރުއެވެ. އޭގެ ފަހުން ލެވަކޫސަނުން 2020 ވަނަ އަހަރު ޖަރުމަނު ކަޕް ފައިނަލަށް ގޮސްފައިވީ ނަމަވެސް، އެފަހަރު ބަޔާން މިއުނިކް ކައިރިން ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް
ޖަރުމަނުވިލާތް