އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލެން ޖެހޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ސާވޭގެ ނަތީޖާގައި ބުނެފިއެވެ.
މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށް، އިންތިހާބާ ގުޅުން ހުރި ނިޒާމީ މައްސަލަތަކާ މެދު އާންމުންގެ ހިޔާލު ހުރި ގޮތް ހޯދުމުގެ ބޭނުމުގައި އެޗްއާރުސީއެމުން ވަނީ ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިޔަ އެ ސާވޭގައި އެކި އުމުރުފުރާގެ ދެ ޖިންސުގެ 1،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
ސާވޭގެ ނާތީޖާ އެޗްްއާރުސީއެމުން މިއަދު އާންމުކޮށްފައިވާ އިރު، ނާތީޖާގައިވާ ގޮތުން ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 73 ޕަސަންޓު މީހުން ގަބޫލުކުރަނީ ޕާޓީ ބަދަލުކުރާ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަށެވެ.
- ވަރަށް ބޮޑަށް ގަބޫލުކުރަން: %47
- ގަބޫލުކުރަން: %26
- މެދުމިން: %11
- ގަބޫލެއް ނުކުރަން: %13
- އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން: %3
ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލެންޖެހޭނެ ކަމަށް ސާވޭގެ ބައިވެރިން ގަބޫލުކުރާނީ، އެގޮތަށް ޕާޓީ ބަދަލުކުރާ މެމްބަރުންނަށް ސިޔާސީ ފަރާތްތަކާއި ނޫސްވެރިންގެ ފަރާތުން ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވުމާއި މިފަހުން އެމްޑީޕީގެ 13 މެމްބަރަކު އެހެން ޕާޓީއަކާ ގުޅިފައިވާތީއެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 68 ޕަސެންޓް މީހުން ވަނީ މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރުމަށް ތާއީދުކޮށްފައެވެ. އަދި 27 ޕަސެންޓް މީހުން މިހާރު ތިބި މެމްބަރުންގެ އަދަދާ މެދު ހިތްހަމަޖެހޭ އިރު، މިހާރަށްވުރެ މެމްބަރުންގެ އަދަދު އިތުރުކުރަން ފެންނަކަމަށް ހަތަރު އިންސައްތަ މީހުން ފާހަގަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު