މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ސަސްޕެންޑުކޮށްފިއެވެ.

"ވަން" އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ބައްސާމް، އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާކުރި ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑީއާގައި ވަނީ ފެންމަތިވެފައެވެ. އެ ތުހުމަތުތަކާ ގުޅިގެން ބައްސާމް އަދި އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

އެ މައްސަލައިގައި އެމްއެމްޕީއާރުސީން ބުނެފައިވަނީ ބައްސާމްއާ ގުޅޭ އެފަދަ މައްސަލައެއް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން އެކަމުގެ ސައްހަކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.