މާ ގިނައިން ބޮލުން ޖެހުމުގެ ސަބަބުން އޭގެ ގެއްލުން ދިގު މުއްދަތަކަށް ކޮށްފައިވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް ޑިފެންޑަރު ރަފޭލް ވަރާން ބުނެފިއެވެ.
ވަރާން ބުނީ މާ ގިނައިން ބޯޅައިގައި ބޮލުން ޖެހުމުގެ ސަބަބުން ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ދާއިމީ ގެއްލުމަށް އިތުރަށް ވާހަކަ ދެއްކުމަށާއި އަޑު އުފުލަން ޖެހޭ ކަމަށެވެ.
"ބޮލުން ޖެހުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވޭ. އަހަންނަކަށް ނޭނގެ އަހަރެން އުމުރުން ދުވަސްވީމަ ދިމާވެދާނެ ވަކި މައްސަލައެއް ބުނާނެ ކަމަކަށް. އަހަންނަށް އެނގޭހާވެސް އެއްޗެކީ އަހަރެންގެ ހަށިގަނޑަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް. ޅަކުދިންނާއި އާންމުކޮށް ފުޓުބޯޅައިގެ ތެރޭގައި މިއުޅޭ މީހުންނަށް އެކަމުގެ ނުރައްކާ ބޮޑުކަން އަންގައިދޭން ޖެހޭ،" ވަރާން ބުންޏެވެ.
ވަރާން އިތުރަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ ފްރާންސާއި ޖަރުމަނު ވާދަކުރި ވޯލްޑް ކަޕް 2014 ގެ ކުއާޓާ ފައިނަލް މެޗާއި ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ވާދަކުރި 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ގަދަ 16 ގެ މެޗުގައިވެސް އޭނާ "ކޮންކަޝަން" އަކަށް ދިޔަ ކަމަށާއި އެ ކޮންކަޝަނާ އެކުވެސް އޭނާ ކުޅެފައިވާ ކަމަށެވެ.
ހާއްސަކޮށް ވޯލްޑް ކަޕް މެޗުގައި އޭނާ މެޗުގެ ވަކި ހިސާބަކުން ކުޅުނީ "އޮޓޯ ޕައިލެޓް" ގައި ކަމަށެވެ. އެއީ އޭނާ ރަނގަޅަށް ވާނުވާ ނޭންގިގެން ހުރެ ނިންމާލި މެޗެއް ކަމަށްވެސް ވަރާން ބުންޏެވެ. އަދި ބުނީ އޭނާގެ ހަތް އަހަރުގެ ދަރި ކުޅެމުންދާ އިރުވެސް ބޮލުން ނުޖައްސަން އަބަދުވެސް ބުނަމުންދާ ކަމަށެވެ.
ބޮލުން މާ ގިނައިން ބޯޅައިން ޖެހުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް މިހާރަކަށް އައިސް ދަނީ ފެންމަތިވަމުންނެވެ. ހާއްސަކޮށް، އެ މައްސަލަތަކަށް މިހާރު ވަނީ ވާހަކަ ދައްކަމުންނެވެ. އަދި ބައެއް އަމިއްލަ ޖަމިއްޔާތަކުން ދަނީ ބޮލުން ބޯޅަ ޖެހުން މަދުކުރަން އިލްތިމާސްކޮށް ކަންކަން ނިންމަމުންނެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް