ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ތިން ބޭފުޅުންގެ ތެރެއިން، އަބްދުލް ހަސީބު އިސްމާއީލް، ދަފްތަރު 7505، އާއި ފާތުމަތު ހަބީބާ، ދަފްތަރު 9472، މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އީސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ހަސީބާއި ހަބީބާގެ އިތުރުން ރައީސް ދެން މަޖިލީހަށް ފޮނުއްވާފައި ވަނީ މއ. ފޮރެސްޓް މަރިޔަމް ޝާހިދާގެ ނަމެވެ.
އެ ތިން ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު، އެ ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ފާސްކުރުމަށް ފަހު އެކަމާ ބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމުމަށް އެ މައްސަލައިގެ ރިޕޯޓް ކޮމިޓީން ވަނީ މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.
އެހެންކަމުން ދެން އެކަމަށް ގޮތެއް ނިންމާނީ މަޖިލިސް ތަޅުމުންނެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެމްބަރު ފާތިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.
ޖުމުލަ ފަސް މެމްބަރުން ތިބޭ އެ ކޮމިޝަންގައި އާމިރާގެ ދައުރު ހަމަވުމުން މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި ދެ މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު