ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިގޮތަށް ޖޫރިމަނާ މައާފުކުރާނީ މިދިޔަ އަހަރުގެ ނިޔަލަށް ނުދެއްކި ހުރި ބިލުތަކުން ކަމަށާއި ނަމަވެސް ޖޫރިމަނާ މައާފުވާނީ ބޭނުންކޮށްފައި ހުރި ފެނާއި ކަރަންޓަށް އަގު ދެއްކުމުން ކަމަށް ޔުޓިލިޓީ ކުންފުނިތަކުގެ ވެރިން ވިދާޅުވެއްޖެއެވެ.
ޔުޓިލިޓީ ކުންފުނިތައް (ފެނަކަ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ކަރަންޓު އަދި ފެނަށް ވެސް އަރައިފައިވާ ޖޫރިމަނާ މައާފުވާނީ އެ ބޭނުންކޮށްގެން އަރައިފައިވާ އަގު ދެއްކުމުން ކަމަށާއި އެ އަގު އެއްފަހަރާވެސް ނުވަތަ ބައިބަޔަށް ބަހާލައިގެންވެސް ދެއްކޭނެ ކަމަށެވެ.
"ނުދެއްކި ހުރި ބިލުތަކުގެ ގޮތުގައި އަޅުގަނޑުމެން ބޯޑުން ކަނޑައަޅާފައި މިވަނީ 2023ގެ ނިޔަލަށް ނުދެއްކި ހުރި ބިލުތައް. އެހެންވީމާ ޖޫރިމަނާ ވެގެންދާނީ 2023ގެ ނިޔަލަށް ހުރި ބިލުތައް. އެހެންނަމަވެސް ކަރަންޓަށް އަދި ފެނުގެ އަގު ދައްކާ ނިމުނީމަ ޖޫރިމަނާ މައާފުވެގެން ދާނީ،" މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ، އެގޮތަށް ބިލު ދެއްކުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން މިއަހަރުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
މަތީން ވިދާޅުވީ، އެމްޑަބްލިޔުއެސްސީގެ 60،000 ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ބިލުތައް ނުދެއްކި ހުރީ ގާތްގަނޑަކަށް 3،000 ކަސްޓަމަރުންގެ ކަމަށެވެ.
މަތީން އިތުރަށް ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް 17 މިލިއަން ރުފިޔާގެ ޖޫރިމަނާ ބިލުތަކެއް އެބައޮތް ކަމަށެވެ. އަދި ފެނުގެ އަގަށް 45 މިލިއަން ރުފިޔާ ނުލިބި އެބައޮތް ކަމަށާއި ޖޫރިމަނާ މައާފު ކޮށްދިނުމުން ވެސް ކުންފުނީގެ އާމްދަނީއަށް އެ 45 މިލިއަން ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު