އުތުރާއި މެދުތެރޭ އެމެރިކާގެ އިތުރުން ކެރީބިއަން ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ، ކޮންކަކަފް ނޭޝަންސް ލީގުގެ ޗެމްޕިއަންކަން މި ފަހަރުވެސް އެމެރިކާއިން ކާމިޔާބު ކޮށްފިއެވެ.
މުބާރާތް ބޭއްވި ތިން ފަހަރުވެސް އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، ރޭ އެމެރިކާގެ ޓެކްސަސްގައި ކުޅުނު މި އަހަރު ފައިނަލްގައި މެކްސިކޯ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.
މި ފަހަރުގެ ކޮންކަކަފް ނޭޝަންސް ލީގުގެ ތެރެއިން ސަޕޯޓަރުންގެ ހަމަނުޖެހުންތައް ވަނީ ބޮޑުވެފައެވެ.
ހާއްސަކޮށް ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތައް ގިނަކޮށް ފެނިގެން ގޮސްފައިވާއިރު، ރޭގެ މެޗުގެ ތެރެއިންވެސް އެ މައްސަލަތައް ދިމާވެ، ބައެއް ސަޕޯޓަރުން ދަނޑުން ނެރެފައިވެއެވެ. ކުރިއަށް އޮތް ވޯލްޑް ކަޕް ހޯސްޓް ކުރުމަށް ތައްޔާރުވަމުންދާ ކޮންކަކަފް އިން ބުނީ ސަޕޯޓަރުންނަށް އަދަބުދީ ދަނޑުން ނެރެން ޖެހެނީ ފުޓުބޯޅައިގެ މުސްތަގުބަލަށްޓަކަ ކަމަށެވެ.
ހާއްސަކޮށް ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތަކުން ފުރުސަތުތައް ފަހިވެފައިވާއިރު، ސަޕޯޓަރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ކޮންކަކަފް އިން ބުނެފައިވެއެވެ.
ރޭގެ މެޗުގައި ރަނގަޅަށް ކުޅުނު އެމެރިކާއަށް ފުރަތަމަ ގޯލު ޖަހައި ދިނީ ޓައިލާ އެޑަމްސްއެވެ. މި ސީޒަނުގައި އަނިޔާގެ މައްސަލަތަކާ ކުރިމަތިލި އެޑަމްސް އެމެރިކާއަށް ގޯލު ހުޅުވާލަދިން އިރު، އެ ޓީމުގެ ދެވަނަ ގޯލު ޖެހީ ބްރޫޝިއާ ޑޯޓުމަންޑުން ލޯނެއްގައި ނޮޓިންހަމްއަށް ބަދަލި ޖިއޮވާނީ ރޭނާއެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު