ބްރެޒިލްގެ އެންމެ އުންމީދީ ތަރި، އެންޑްރިކް ޖެހި ގޯލާއެކު އެ ޓީމުން އިންގްލެންޑް ބަލިކޮށްފިއެވެ.
ރޭ ވެމްބްލީ ދަނޑުގައި ކުޅުނު މެޗުގައި ބްރެޒިލުން އިންގްލެންޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ބަދަލަކަށް ނުކުތް އެންޑްރިކް ޖެހި އިރު، އޭނާ ވަނީ ވެމްބްލީގެ ހާއްސަ ރެކޯޑެއް ހަދައިފައެވެ.
އުމުރުން 17 އަހަރާއި 246 ދުވަސްވެފައިވާ އެންޑްރިކަކީ ވެމްބްލީ ދަނޑުގައި ގޯލު ޖެހި އުމުރުން އެންމެ ހަގު ކުޅުންތެރިޔާއެވެ. ޔޫރަޕްގެ ބޮޑެތި ކްލަބުތަކުން ފާރަލަމުން ގޮސް، ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެފައިވާ އެންޑްރިކް، އެ ކްލަބަށް ބަދަލު ވާނީ 18 އަހަރު ފުރުމުން، މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މަދު ހަމަލާތަކެއް ފެނިގެން ގޮސްފައިވާ އިރު، ބްރެޒިލްގެ ކުޅުން ފެނުނީ ރަނގަޅަށެވެ. ރަފީނިއާއަށް ހުސްކޮށް ލިބުނު ފުރުސަތެއް އޭނާ ނަގާލި އިރު، އެ ފުރުސަތު ތަނަވަސްވީ ހެރީ މެގުއާ އަތުން ހެދުނު ބޮޑު ގޯހަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑްގެ ޑިފެންޑަރު ކައިލް ވޯކާއަށް އަނިޔާވެ ބާލަން ޖެހުނުއިރު، އިންގްލެންޑަށް ފުރަތަމަ ހާފުގައި ލިބުނު ރަނގަޅު ފުރުސަތެއްގައި އޮލޭ ވޮޓްކިންސް ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.
ރޭގެ މެޗު އެއްވަރުވާން ދަނިކޮށް، ބްރެޒިލްގެ ހަމައެކަނި ގޯލު އެ ޓީމުން ޖެހީ 80 ވަނަ މިނެޓުގައެވެ. ވިނީޝިއަސް ޖޫނިއާގެ ބާރު ދުވެލީގައި އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅައިގައި އިންގްލެންޑް ކީޕަރު ޖޯޑަން ޕިކްފޯޑު ރަނގަޅު ސޭވެއް ކުރި ނަމަވެސް، ރީބައުންސްގައި އެންޑްރިކް ވަނީ ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް