ޔޫކްރެއިން އިން ރަޝިޔާގެ ބޯޓުތަކަކަށް ދިން ހަމަލާގެ ސަބަބުން ރަޝިޔާގެ ނޭވީގެ އިސްވެރިޔާ ބަދަލުކޮށްފިއެވެ.

ރަޝިޔާއިން ބްލެކް ސީގައި ހަރަކާތްތެރިވާ މިލިޓަރީ ފްލީޓަށް ޔޫކްރޭނުން މިމަހުގެ ކުރީކޮޅު ދިން ހަމަލާގައި ރަޝިޔާއަށް ނިސްބަތްވާ ބޯޓުތަކެއް ގޮއްވާލައި ފައްތާލާފައިވާނެ ކަމަށް ޔޫކްރޭނުން ބުނެއެވެ.

ރަޝިޔާގެ ސަރުކާރުން ވަނީ އެހާދިސާ އަށް ފަހު އެގައުމުގެ ނޭވީގެ އެންމެ އިސްވެރިޔާ އުމުރުން 61 އަހަރުގެ ނިކޮލައި ޔަވްމެނޮވް މަގާމުން ދުރުކޮށް އެމަގާމަށް ރަޝިޔާގެ އުތުރުގައި ހަރަކާތްތެރިވާ ފްލީޓުގެ ކުރީގެ ކޮމާންޑަރު އެޑްމިރިއަލް އަލެކްސެންޑަރ މޮސޭވް އައްޔަން ކޮށްފައެވެ.

ރަޝިޔާ ސަރުކާރުން ސިފަކޮށްފައިވަނީ ޔޫކްރޭނުން އެގައުމަށް ދިން ކުއްލި ހަމަލާ އަކީ އެގައުމު ލަދުގަންނަ ވަރުގެ ހަމަލާއެއް ކަމަށާއި އެހަމަލާ އައުމުގެ ކުރިން ތައްޔާރުވެވިފައި ނުވާކަމަށް ބުނެފައެވެ.