ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ ކުޅުނު މެޗުގައި 6-2 އިން މޮންޕެލިއޭ ބަލިކޮށްފިއެވެ.

މޮންޕެލިއޭގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، ޕީއެސްޖީން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 26 މެޗުން 59 ވަނައިގައެވެ. ދެވަނައިގައި ބްރެސްޓް އޮތީ 26 މެޗުން 47 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް މޮނާކޯއިންވެސް އެ އަދަދަށް މެޗު ކުޅެފައި އޮތް އިރު، އެޓީމަށް ލިބިފައި ވަނީ 46 ޕޮއިންޓެވެ.

ރޭގެ މެޗުގެ 14 ވަނަ މިނިޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ވިޓީނިއާއެވެ. އޭގެ ފަހުން ކިލިއަން އެމްބާޕޭ ހަނި ކަނުން ޖެހި ގޯލާއެކު ޕީއެސްޖީން ނަތީޖާ ފުޅާކުރި އިރު، ހާފު ނިމުމުގެ ކުރިން މޮންޕެލިއޭ ނަތީޖާ އެއްވަރުކުރިއެވެ، އެ ގޯލުތައް ޖެހީ އަރްނައުދު ނޫރުއްދީނާއި ތޭޖީ ސަވަނިއޭއެވެ.

ދެވަނަ ހާފަށް ނުކުމެ ޕީއެސްޖީން ކުޅުން އިތުރަށް ރަނގަޅުކުރި އިރު، އެމްބާޕޭގެ ދެ ގޯލު ފެނިގެން ދިޔައެވެ. އެމްބާޕޭ ޕީއެސްޖީއަށް ލީގުގައި 200 މެޗު ފުރިހަމަ ކުރި އިރު، އޭނާ މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ވަނީ ނިންމައިފައެވެ.

ޕީއެސްޖީއަށް ރޭގެ މެޗުގައި އަނެއް ގޯލުތައް ޖަހައިދިނީ ލީ ކޭންގް-އިން އާއި ނޫނޯ މެންޑޭޒްއެވެ.