ރޯދަ މަހަށް ހާއްސަކޮށް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް 2ގައި މަސް މާރުކޭޓަކާއި ލޯކަލް މާރުކޭޓެއް ހުޅުވައިފިއެވެ.
ފަރުމަސް ބާނާ ފަރާތްތަކަށް ހާއްސަކޮށްގެން ހުޅުވި މަސް މާރުކޭޓް ހަދާފައިވަނީ ޑިންގީ ހާބަރު ސަރަހައްދެވެ.
ލޯކަލް މާރުކޭޓް ހަދާފައިވަނީ ހިޔާ ފްލެޓް އެކެއް، ދޭއް އަދި ވިނަރެސް 9 އަދި 10 ދެމެދުގައެވެ. ލޯކަލް މާރުކޭޓުގެ ގޮޅިތައް ހިންގަން ބޭނުންވާ މީހުންނާ ހަވާލުކޮށްފައިވާއިރު، ރޯދަ މަހުން ފެށިގެން ދެ މަސް ދުވަހަށް އެ މާރުކޭޓު އެތަނުގައި ހުންނާނެއެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލޭގައި ގިނަ ހިދުމަތް ގާއިމުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދައި ދިނުމަށް ކަމަށާއި އެގޮތުން މި ރޯދަމަހުގައި ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެހެން ކަންތައްކުރުމުގެ މަސައްކަތް ރާވައި ހިންގަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު