ފްރާންސާއި ޖަރުމަނީ އަދި ސުވިޒަރލެންޑްގެ ސަރަހައްދީ އިމުގައި އޮންނަ ފްރާންސްގެ ސިޓީއަކީ މުލޫޒް އެވެ. މި ސިޓީއަށް ނިސްބަތްވާ ބައިނަލްއަގުވާމީ އެއަރޕޯޓްގެ ނަމަކީ ޔޫރޯއެއަރޕޯޓް މުލޫޒް، ބާސެލް، ފްރައިބާގެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ނޯންނަ ކަހަލަ ބައިނަލްއަގުވާމީ އެއަރޕޯޓެކެވެ. މި އެއަރޕޯޓަކީ ތަފާތު ތިން ގައުމެއްގެ ތިން ސިޓީއަކަށް ޚާއްސަކުރެވިފައިވާ އެއަރޕޯޓެކެވެ.
އެއަރޕޯޓް ގާއިމްކުރެވިފައި ވަނީ ފްރާންސްގެ ތެރޭގައެވެ. މުލޫޒްގެ ރަށްބޭރުގައެވެ. މި އެއަރޕޯޓާއި ސުވިޒަރލެންޑުގެ ބާސެލްއާ ދޭތެރޭގެ ދުރުމިނަކީ 36 ކިލޯމީޓަރެވެ. އަދި ޖަރުމަނީގެ ފްރައިބާގާ ދޭތެރޭގައިވާ ދުރުމިނަކީ 59 ކިލޯމީޓަރެވެ. އެހެންވީމާ މި ތިން ސިޓީއަށްވެސް މި އެއަރޕޯޓުން ފަސޭހަކަމާއެކު ޚިދުމަތް ދެވެއެވެ. މި އެއަރޕޯޓުގައި ފްރާންސާއި ސުވިޒަރލެންޑުގެ ކަސްޓަމްސް ގާއިމުކުރެވިފައިވަނީ ވަކިންނެވެ. އެއީ ސުވިޒަރލެންޑަކީ ޔޫރަޕިއަން ޔުނިއަންގެ މެންބަރަކަށް ނުވާތީއެވެ. ޖަރުމަނަށް ވަކި ކަސްޓަމެއް ނެތެވެ. ފްރާންސް ފަދައިން ޖަރުމަންވިލާތަކީ ޔޫރަޕިއަން ޔުނިއަންގެ މެންބަރެކެވެ.
މުލޫޒް އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ފްރާންސުންނެވެ. އެއީ މި އެއަރޕޯޓް އޮންނަނީ ފްރާންސްގައި ކަމަށްވާތީއެވެ. ސުވިޒަރލެންޑާއި ޖަރުމަންވިލާތުން އެކަމުގެ ތެރެއަކަށް ނުވަދެއެވެ. އެކަމަކު އެ ދެގައުމުގެ އިމިގްރޭޝަނާއި ކަސްޓަމްސް އޮފިސަރުން މިތަނުގައި ހަރަކާތްތެރިވެއެވެ. މީގެތެރެއިން ސުވިޒަރލެންޑުގެ އޮފިސަރުން ހަރަކާތްތެރިވަނީ ފްރާންސާއި ނުގުޅި ވަކިންނެވެ. އެއަރޕޯޓަށް އައިސްގޮސްވާ އުޅަނދުތައް މަޑުކުރަނީ ކޮންމެ ގައުމަކަށްވެސް ޚާއްސަކޮށްފައިވާ ވަކި އޭރިޔާއެއްގައެވެ. އެގޮތުން ދަތުރުވެރިންނަށް އޮޅިގެން ނުބައި ގައުމަކަށް ދެވުމުގެ ފުރުސަތެއް ނޯވެއެވެ.
ޖަރުމަންވިލާތުގެ ފްރައިބާގުގައިވެސް އަދި ސުވިޒަރލެންޑުގެ ބާސެލްގައިވެސް ބައިނަލްއަގުވާމީ އިތުރު އެހެން އެއަރޕޯޓްތަކެއް ނެތެވެ. އަޅާކަށް ނުވެސް އުޅެއެވެ. އެޅުމުގެ ބޭނުމެއްވެސް ނެތެވެ. ސުވިޒަރލެންޑަށް ނިސްބަތްވާ އެއަރލައިނެއް ކަމަށްވާ އީޒީޖެޓްގެ ހަބަކީވެސް މުލޫޒްގައިވާ މި އެއަރޕޯޓެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ