މިމަހުގެ ތިންވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ މަރުވެއްޖެއެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެ ޓްރީޓޮޕްގައި ފަރުވާދެމުން ދިޔައީ ކ. ހުރާއަށް ނިސްބަތްވާ 19 އަހަރުގެ މުހައްމަދު ލަޔާން ޝަރީފަށެވެ. ލަޔާން ނިޔާވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ލަޔާންގެ މަންމަ ފޭސްބުކުގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ ލަޔާން މަރުވިކަން ކަށަވަރުކޮށްދީފައެވެ. ލަޔާންގެ ފަޔާއި ކަރާއި އަތާއި މޭމަތީގެ ކަށިތަކާއެކު އެކި ތަންތަނުން ބިނދި، ފުއްޕާމެޔަށް ވެސް ގެއްލުންވެފައިވާ ކަމަށް އޭނާގެ މަންމަ ބުންޏެވެ.
އެކްސިޑެންޓުވެ ލަޔާން ވެއްޓިފައިވަނިކޮށް ފެނިފައިވަނީ މިމަހުގެ ތިންވަނަ ރޭގެ 2:30 ހާއިރު ފުލުހުންނަށެވެ.
ފުލުހުން އޭނާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ. ލަޔާންގެ ހާލު ސީރުއަސްވުމުގެ ސަބަބުން އޭނާއަށް ފަރުވާ ދީފައިވަނީ ވެންޓިލޭޓަރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު