އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެންޗެސްޓާ ޑާބީގައި ސިޓީން ޔުނައިޓެޑް ބަލިކޮށްފިއެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ކައިރިން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުން ހޯދި މޮޅާއެކު ސިޓީން ވަނީ ދެވަނައިގައި އޮތް ލިވަޕޫލަށް ކުރަމުންދާ ޕްރެޝަރު ދަމަހައްޓައިފައެވެ. އެޓީމަށް 27 މެޗުން 62 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި އޮތް ލިވަޕޫލަށް 27 މެޗުން ލިބިފައި ވަނީ 62 ޕޮއިންޓެވެ. އާސެނަލް ތިންވަނައިގައި މިވަގުތު އޮތީ 26 މެޗުނ 58 ޕޮއިންޓާ އެކުގައެވެ.
ޔުނައިޓެޑުން ރޭ ކުޅުނު މެޗުން ބަލިވެ، ލީގުގައި މިހާތަނަށް 11 މެޗަކުން ބަލިވެފައިވާ އިރު، އެޓީމު އޮތީ ހަވަނައިގައެވެ. އެއީ 27 މެޗުން 44 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ އަށްވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މާކަސް ރަޝްފޯޑެވެ. ސީޒަނުގެ މިހާތަނަށް ދިޔަ ދުވަސްތަކުގައި ރަޝްފޯޑުގެ ފަރާތުން އެންމެ އެކަށީގެންވާ ކުޅުމެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، ރޭ އޭނާ މެޗުގެ އަށްވަނަ މިނެޓުގައި ޖެހީ ހިތްގައިމު ގޯލެކެވެ. އެ ގޯލާއެކު ޔުނައިޓެޑުން ކުރީގައި އޮވެ ހާފު ނިންމާލި ނަމަވެސް، ސިޓީން މެޗުގެ އޮއިވަރު ކޮންޓްރޯލް ކުރިއެވެ.
އެޓީމުން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ އިރު، ރޮޑްރީގެ ޕާހަކުން 54 ވަނަ މިނެޓުގައި ފިލް ފޮޑެން ވަނީ ގޯލު ޖަހައިދީފައެވެ. ޑޮމިނޭޓިބް ކުޅުމަކާއެކު ކުޅެމުން ދިޔަ ސިޓއަށް 80 ވަނަ މިނެޓުގައި ދެވަނަ ގޯލެއްވެސް ފޮޑެން ޖަހައިދިނެވެ. އަދި އެޓީމުން މެޗު ނިންމާލީ 91 ވަނަ މިނެޓުގައި އާލިން ހާލަންޑް ޖެހި ގޯލާއެކު ލީޑު އިތުރަށް ފުޅާވެސް ކޮށްގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު